މޯލްޑިވްސް ސްޕޯޓްސް އެވޯޑު 2025 ގެ އެންމެ މޮޅު އެތުލީޓުންނަށް، ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ވިދުންގަދަ ޓޭބަލް ޓެނިސް ކުޅުންތެރިން ފާތިމަތު ދީމާ ސައީދާއި މޫސާ މުންސިފް އަހްމަދު އަދި ނަންއޮލިމްޕިކް ސްޕޯޓްސްގެ ތެރެއިން އެންމެ މޮޅު އެތުލީޓުންނަށް ބޮޑީބިލްޑިން ތަރި އަޒުނީން ރަޝާދު އަދި ނެޓްބޯޅަ ތަރި އީމާ އަބްދުއްސައްތާރު ހޮވިއްޖެއެވެ.
ދީމާ އާއި މުންސިފް އެވޯޑް ހޯދީ އޮލިމްޕިކް ކުޅިވަރުތަކުން އެންމެ މޮޅު އެތުލީޓްގެ ގޮތުގަ އެވެ.
ދީމާ އަކީ ފާއިތުވީ ތިން އަހަރު ވެސް އެންމެ މޮޅު އެތުލީޓަށް ހޮވުން އެތުލީޓެވެ.
ދީމާ ވަނީ އޮލިމްޕިކްސްގެ ކޮލިފައިން މަރުހަލާއެއްގެ ޗެމްޕިއަންކަން ހޯދައި އޮލިމްޕިކްސްގެ ވާދަވެރި މަރުހަލާއަކުން ފުރުސަތު ހޯދި ހަމައެކަނި ދިވެހި އެތުލީޓްގެ ޝަރަފު ހޯދާފައެވެ.
އޮލިމްޕިކް ސްޕޯޓްސް ކެޓަގަރީ އިން ދެވަނައަށް އެންމެ މޮޅު އަންހެން އެތުލީޓަކަށް އާއިޝަތު މާޖިދާ ހޮވުނުއިރު ތިންވަނަ ލިބުނީ ފާތިމަތު ޖޫޒާން ޒަރީރަށެވެ.
މީގެއިތުރުން އެންމެ މޮޅު ފިރިހެން އެތުލީޓްގެ އެވޯޑް ހޯދި މުންސިފް ވަނީ ގައުމީ ފިރިހެނެ ޓީމާ އެކު ސައުތު އޭޝިއާގެ އޮލިމްޕިކްސް ކޮލިފައިން މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
އޮލިމްޕިކް ސްޕޯޓްސް ކެޓަގަރީ އިން ދެވަނައަށް އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. ތިންވަނަ ލިބުނީ ފެތުންތެރިޔާ މުހައްމަދު ރިހާން ޝިހާމް އެވެ.
އަޒުނީން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ އޮލިމްޕިކް ނޫން ކުޅިވަރުތަކުން އެންމެ މޮޅު އެތުލީޓުގެ ގޮތުގައެވެ. އެ ކެޓަގަރީން ދެވަނަ، ޝާހީން އިބްރާހިމް ދީދީ ހޯދިއިރު ތިންވަނަ ހޯދީ އަހްސަން ރަޝީދެވެ.
އީމާ އަބްދުއްސައްތާރު 2024 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދާފައި މިވަނީ ނެޓްބޯޅައިގައި ހޯދި ކާމިޔާބީ ތަކާއެކުއެވެ.
މި ހުރިހާ އެތުލީޓުންނަށް ވެސް ޝަރަފުވެރި ޓްރޮފީ ހަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.