ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ފޮތް މައުރަޒެއް އައްޑޫ ސިޓީ މަރަދޫގައި ފަށައިފިއެވެ. މައުރަޒު ހުޅުއްވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.
މައުރަޒުގެތެރެއިން ވަޒީރު ވަނީ އައްޑޫ ސިޓީގެ ހިރާ ސްކޫލުން އުފައްދާފައިވާ "ބަސްފިލާ" ނެރެދެއްވައިފައެވެ. ބަސްވާރު އަކީ ދިވެހި ބަހަށް ލޯބިކުރާ ފަރާތްތަކުގެ ބަސްކޮށާރު މުއްސަނދިކުރުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ބަސްފިލާއެކެވެ.
ވަޒީރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މިއަހަރުގެ ޅެންވެރީން ގެ ރަސްމީ ޖަލްސާގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ޖަލްސާ އަޮންނާނީ މިރޭ 20:30 އައްޑު ސިޓީ ހިތަދޫގައެވެ.
ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާ ތަޚްޞީޞްކުރެވުނު އައްޑޫ ސިޓީ ހިތަދޫ ކެމީ، ޙަސަން ލަބީބާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީ ޙަސަން ލަބީބުގެ އަދަބީ ޖަމުޢިއްޔާ ކަމަށްވާ "ޝާއިރުންގެ ވާދީ" ގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިފަދަ މައުރަޒުތަކާއި ބައްދަލުވުންތަކަކީ ދިވެހި އަދަބިއްޔާތާއި ބަސް ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި ވުޒާރާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޅެންވެރިކަމުގެ ފަންނު ކުރިއެރުވުމަށާއި، ޅެންވެރީންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށް "ޅެންވެރީންގެ ގުންޒަރު"ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ވަނީ ބާއްވާފައެވެ. މިހަރަކާތް ހާއްސަ ކުރެވިފައިވަނީ އަށްޑޫސިޓީގެ ޅެންވެރީންނާ ޅެންވެރި ކަމަށް ލޯބިކުރާ ފަރާތްތަކާ އާންމު ރައްޔިތުންނަށެވެ. މިހަރަކާތުގައި ޅެންވެރިންވަނީ ޅެމާ ބަނދި އަދި މިނޫންވެސް ޅެންވެރިކަމުގެ އަދަބީ އައިޓަމްތައް ހުޝަހަޅައިދީފައެވެ.