ޚަބަރު

ލައިޕްޒިގް ބަލިކޮށް ވަރުގަދަ ބަޔާން ސެމީއަށް


  • މެޗުން ބަޔާން މޮޅުވީ 0-2 ގެ ނަތީޖާއަކުން

  • ލަނޑުތައް ޖަހައިދިނީ ހެރީ ކޭންއާއި ލުއިސް ޑިއާޒް

ޑީއެފްބީ ޕޯކަލް ނުވަތަ ޖަރުމަނު ކަޕުގެ ކުއާޓަރ ފައިނަލުގައި އާރްބީ ލައިޕްޒިގުގެ މައްޗަށް ހޯދި މޮޅާއެކު ބަޔާން މިއުނިކުން މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.

ކުއާޓަރ ފައިނަލުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން ބަޔާން މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. ލައިޕްޒިގުން ރަނގަޅު ފައިޓެއް ދިން ނަމަވެސް މި މެޗުގައި ބަޔާން އިން ވަނީ ތަފާތު ދައްކާފައެވެ. ބަޔާން އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މިމެޗުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ރަނގަޅު ހަމަލާތަކެއް ވެސް އުފެއްދީ އެ ޓީމުންނެވެ.

މެޗުގެ ފުރަތަމަ ހާފު ވަރަށް ވާދަވެރިކޮށް ފެނިގެންދިޔައިރު، މި ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ބަޔާން އިން ޖެހި ދެ ލަނޑު ވެސް މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ދިޔައިރު، އެ ޓީމުން ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ 64 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ.

މިއީ، އޭރިއާ ތެރެއިން ބަޔާންގެ ސްޓެނިސިޗަށް ލައިޕްޒިގުގެ ކީޕަރު ވެންޑަވޫޓް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ބަޔާން އިން މެޗުގައި ލީޑު ފުޅާކުރީ އޭގެ ތިން މިނެޓުފަހުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒެވެ.

މެޗުން މޮޅުވެ ބަޔާނުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރިއިރު ސެމީގެ ޖާގަތައް ދެން ހޯދާފައިވަނީ ބަޔާ ލެވަކޫސަން އާއި ސްޓަޓްގާޓްގެ އިތުރުން ފްރެއިބާގެވެ.