ޚަބަރު

އެސްޕަނިޔޯލް ބަލިކޮށް ވިޔަރެއާލް ގަދަ 3 ގެ އުއްމީދުގައި


  • މެޗުން ވިޔަރެއާލް މޮޅުވީ 1-4 ގެ ނަތީޖާއަކުން

  • މި މޮޅާއެކު ވިޔަރެއާލްއަށް 22 މެޗުން 45 ޕޮއިންޓު ލިބިފައިވޭ

  • ތިންވަނައިގައި އޮތް އެތުލެޓިކޯއަށް 45 ޕޮއިންޓު ލިބިފައިވަނީ 23 މެޗުން

ސްޕެނިޝް ލަލީގާގައި އެސްޕަނިޔޯލްގެ މައްޗަށް ހޯދި ފަރަގުބޮޑު މޮޅާއެކު، ވިޔަރެއާލުން ލީގު ތާވަލުގެ ގަދަ 3 ގެ އުއްމީދު ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ މި މެޗުން ވިޔަރެއާލް މޮޅުވީ 1-4 ގެ ނަތީޖާއަކުންނެވެ. މި މެޗުން ވިޔަރެެއާލް މޮޅުވި ނަމަވެސް، ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އެންފަނިޔޯލް އިންނެވެ.
އެހެންނަމަވެސް ގިނަ ހަމަލާތަކެއް އުފެއްދީ ވިޔަރެއާލުންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ވިޔަރެއާލެވެ. 35 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯޖޭ މިކައުޓާޑްޒޭއެވެ. ފުރަތަމަ ހާފުގައި ވިޔަރެއާލުން ދެވަނަ ލަނޑެއްވެސް ކާމިޔާބުކޮށްފައިވެއެވެ. މިއީ 41 ވަނަ މިނެޓުގައި އެންސްޕަނިޔޯލްގެ ހޯސޭ ސަލިނާސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ދެލަނޑުގެ ލީޑަކާއެކު ޔަގީންކަމުގައި ކުޅެމުންދިޔަ ވިޔަރެއާލުން މެޗުގައި ތިންވަނަ ލަނޑު އަދި ހަތަރުވަނަ ލަނޑުޖެހީ ދެވަނަ ހާފު ފަށައިގެން 10 މިނެޓުގެ ތެރޭގައައެވެ. އެގޮތުން އެ ޓީމުގެ ތިންވަނަ ލަނޑު، މެޗުގެ 50 ވަނަ މިނެޓުގައި ނިކޮލަސް ޕެޕޭ ކާމިޔާބުކޮށްދިންއިރު އޭގެ ފަސް މިނެޓުފަހުން އަލްބާޓޯ މޮލެއިރޯ ވަނީ ވިޔަރެއާލުގެ ހަތަރަުވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގައި އެސްޕަނިޔޯލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ 88 ވަނަ މިނެޓުގައި ލިއާންޑްރޯ ކަބްރޭރާއެވެ.

މި މޮޅާއެކު ވިޔަރެއާލުން ލީގު ތާވަލުގެ ހަތަރުވަނައިގައި މަގާމު ދެމެހެއްޓިއިރު، ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ޕޮއިންޓުގެ ގޮތުން ވަނީ ހަމަހަމަކޮށްފައެވެ. ވިޔަރެއާލަށް 22 މެޗުން 45 ޕޮއިންޓު ލިބިފައިވާއިރު އެތުލެޓިކޯ ތިންވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެ 45 ޕޮއިންޓާއެކުއެވެ.

މެޗުން ބަލިވި އެސްޕަނިޔޯލް، ތާވަލުގެ ހަވަނައިގައި އޮތީ 23 މެޗުން 34 ޕޮއިންޓާއެކުއެވެ.