ލ. ކުނަހަންދޫގައި ކުރިއަށްދިޔަ ސީޒަން އޯޕަން ކުރިކެޓު މުބާރާތުގެ ޗެމްޕިއަންކަން ރެހެންދި ޓީމުން ހޯދައިފިއެވެ.
15 އޯވަރަށް ކުޅޭ މިމުބާރާތުގެ ފައިނަލުގައި ވާދަކުރީ ރެހެންދި ޓީމާއި ގޮމަ ޓީމެވެ.
ޓޮސް ދިމާވެގެން ރެހެންދި ޓީމުން ވަނީ ކުޅެން އަރާ، 15 އޯވަރުގެ ތެރޭގައި 120 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 87 ލަނޑު ހެދި އެޓީމުގެ ކެޕްޓަން ހަފްސާ ޢަބްދުﷲއެވެ. އަދި އޭނާވަނީ 5 ލަނޑަށް 3 ވިކެޓްވެސް ނަގާފައެވެ.
ޖަވާބުގައި ގޮމަ ޓީމުން ކުޅެންއަރާ 15 އޯވަރުގެ ތެރޭގައި ހެދުނީ 79 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި ހާސިމާ އާދަމްއެވެ. ގޮމަ ޓީމުން އެންމެ ރަނގަޅަށް އުކީ 55 ލަނޑަށް 1 ވިކެޓް ނެގި ޒޯޔާ ބިންތި ޢަބްދުﷲ ހަސީބުއެވެ.
ކުނަހަންދޫގައި ކުރިއަށްދިޔަ ސީޒަން އޯޕަން ކުރިކެޓު މުބާރާތުގެ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވަނީ ނުބައިނުވެ 87 ލަނޑު ހެދި ހަފްސާ ޢަބްދުﷲއެވެ. މިމުބާރާތުގެ ރަނަރަޕްކަން ގޮމަ ޓީމަށް ލިބިފައިވާއިރު، ތިންވަނަ ޓީމަކަށް ހޮވިފަވަނީ ރަނިކަމަނައެވެ.
ސީބީއެމްއިން އިންތިޒާކޮށްގެން ބޭއްވި މިމުބާރާތް ކުރިއަށް ދިޔައީ މިމަހުގެ 7 އިން 17 ގެ ނިޔަލަށެވެ.