ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި މިހާރު ކުރިއަށްދާ އިޔަރ އެންޑް ކުރިކެޓް މުބާރާތުގެ ފައިނަލަށް ވިޔަޒޯރާއި އަލިރަސްގެފާނު ދަތުރުކޮށްފިއެވެ.
ޓީމު ވިޔަޒޯރު މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. މުބާރާތުގެ ފައިނަލު މެޗު ތާވަލުކޮށްފަވަނީ މިމަހުގެ 3 ވަނަ ދުވަހުގެ ހަވީރަށެވެ.
މިމުބާރާތުގެ މިއަދު މެޗަށް ބަލާއިރު އެއްކޮޅުން ވާދަކޮށްފަވަނީ ޓީމު ދޮން ބަންޑާރައެވެ. އަނެއް ކޮޅުން ޓީމު ހަސަން ތަކުރު ނުކުތްއިރު، ޓޮސް ދިމާވެގެން ދޮން ބަންޑާރައިން ގަސްދުކުރީ ކުޅެން އަރާށެވެ. އެޓީމުން ކުޅެން އަރާ 15 އޯވަރުގެ ތެރޭގައި 6 ވިކެޓަށް ހެދުނީ 89 ލަނޑެވެ. އެތީމުން އެންމެ މޮޅަށް ކުޅެފަވަނީ ފަރީދު ޢަބްދުއްރަޙީމްއެވެ.
ޖަވާބުގައި ޓީމު ދޮން ބަންޑާރައިން ކުޅެން އަރާ 14 އޯވަރުގެ ތެރޭގައި 3 ބޯޅައިން 92 ލަނޑު ހަދާ މެޗުވަނީ ކާމިޔާބުކޮށްފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 23 ލަނދު ހެދި އަހްޔާންއެވެ.
މިމުބާރާތުގެ ތިންވަނަ ހޮވާ މެޗު ހުކުރު ދުވަހަށް ތާވަލުކޮށްފަވާއިރު، މިމެޗުގައި ބައްދަލުކުރާނީވެސް މި ދެ ޓީމެވެ.
އިޔަރ އެންޑް ކުރިކެޓް މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ޓީމު ދޮންބަންޑާރަ، ޓީމު އަލި ރަސްގެފާނު، ޓީމު ވިޔަޒޯރު އަދި ޓީމު ހަސަންތަކުރެވެ. 15 އޯވަރަށް ކުޅޭ މިމުބާރާތް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް ސެމީފައިނަލު އަދި ފައިނަލުގައި ކުޅެ ޗެމްޕިއަން ޓީމެއް ކަނޑައަޅާ ގޮތަށެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއި ފައިސާގެ އިނާމެއް ސީބީއެމްއިން ވަނީ ކަނޑައަޅާފައެވެ.
ކުނަހަންދޫގައި ކުރިއަށްދާ އިޔަރ އެންޑް ކުރިކެޓް މުބާރާތަށްފަހު އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކުރިކެޓު މުބާރާތެއްވެސް ފެށުމަށްވަނީ ތާވަލުކޮށްފައެވެ.