ޚަބަރު

މަރަދޫގައި އިމާރާތްކުރި "މަސްޖިދުއްރައްޔާން" ހުޅުވައިފި


  • މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ

  • މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެއް

އައްޑޫ ސިޓީ މަރަދޫގައި އަލަށް އިމާރާތް ކުރި މިސްކިތް ހުޅުވައިފިއެވެ.

މަސްޖިދުއްރައްޔާންގެ ނަމުގައި ބިނާކުރި މި މިސްކިތް ހުޅުވީ، މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މި މިސްކިތް ހުޅުވައިދެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.

500 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް އިމާރާތްކޮށްފައިވާ މި މިސްކިތަކީ، ސަރުކާރުގެ ޚަރަދުގައި އިމާރާތް ކުރި މިސްކިތެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.