ޚަބަރު

އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފި


  • ސުނާމީ ކާރިސާގައިވަނީ ރާއްޖެއިން 82 މީހުން ނިޔާވެ 26 މީހުން ގެއްލިފައި

ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ފޮނުއްވައިފިއެވެ.

ނައިބު ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވަނީ، މީގެ 21 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ދުނިޔެ ދޫކުރި އަޚުންނާއި އުޚުތުންގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.

2004 ވަނަ އަހަރު ޑިސެމްބަރު މަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖެއިން 82 މީހުން ނިޔާވެ، 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. މިކާރިސާއިން އަރައިގަތުމަށް އަދި ލިބިގެންދިޔަ ގެއްލުމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ދިވެހި ސަރުކާރާއި ރައްޔިތުން ގުޅިގެން ވަނީ ކޮށްފައެވެ. އެހެންނަމަވެސް މިކާރިސާގައި ވަކިވެ ދިޔަ ފަރާތްތަކަކީ އެއީ ޤައުމަށް ފޫނުބެއްދޭނެ ގެއްލުމެކެވެ.