ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ބީއެމްއެލް 49 ވަނަ ނޭޝަނަލް ސްވިމިންގ ކޮމްޕެޓިޝަން ހުޅުމާލޭ ސްވިމިންގ ޕޫލްގައި ކުރިޔަށް އެބަގެންދެއެވެ.
މިއަހަރުގެ މުބާރާތުގައި އެކި އިވެންޓުތަކުގައި ޖުމްލަ 9 ކުލަބުން ވާދަކުރެއެވެ. މި މުބާރާތުގެ އިވެންޓްތައް މިއަދު މެންދުރުން ފެށިގެން ހުކުރު ދުވަހުގެ ހަވީރާ ހަމައަށް ކުރިއަށްދާނެއެވެ.
މިއަހަރުގެ މުބާރާތުގައި، 157 ފެތުންތެރިން ވާދަކުރާއިރު، މީގެ ތެރޭގައި 47 އަންހެން ފެތުންތެރިންނާއި 110 ފިރިހެން ފެތުންތެރިން ވާދަކުރެއެވެ. މުބާރާތުގެ ހަރަކާތްތައް ޑިސެމްބަރު 22 އިން 26 އަށް ހުޅުމާލޭ ސްވިމިންގ ޕޫލްގައި ކުރިއަށްދާނެއެވެ