ޚަބަރު

އާދިލްގެ ޖަނާޒާ މިރޭ 11:30ގައި އާސަހަރާގައި


ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީބޯޅަ ކުޅުންތެރިޔާ އިބްރާހީމް އާދިލް (ކޮއްކޮ)ގެ ޖަނާޒާ މިރޭ 11:30ގައި މަސްޖިދުއްތަޢާވުނި (އާސަހަރާ) މިސްކިތުގައި ބޭއްވުމަށް ނިންމަވައިފިއެވެ.

އާދިލް ނިޔާވީ ބަލިވެ އުޅޭތާ ގާތްގަނޑަކަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވުމަށްފަހުއެވެ.

ކޮއްކޮ އަކީ ރާއްޖޭގެ ވޮލީގެ އެންމެ ފޯރިގަދަ ދުވަސްވަރު ހަވީރު ނޫހުން ހޮވި ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅަދާނަ ކުޅުންތެރިއެކެވެ.

ވެލެންސިއާއިން ވޮލީބޯޅައިގެ ތެރެއަށް ވަދެ ގިނަ ކުލަބުތަކަށް ކުޅުނު ކޮއްކޮ ފާހަގަ ކުރެވުނީ ރާއްޖޭގެ އެންމެ މޮޅު އެއް ބްލޮކަރުގެ ގޮތުގަ އެވެ. އަދި އޭނާ ވަނީ މެދުނުކެނޑި 20 އަހަރު ގައުމީ ވޮލީ ބޯޅަ ޓީމަށް ތަފާތު ގިނަ މުބާރާތްތަކެއްގައި ކުޅެ ގައުމީ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.