ޚަބަރު

އިމާމުންނާއި، ވާއިޡުން ތަމްރީނު ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު!


  • ޕްރޮގްރާމުގައި ކިޔަވައިދޭނީ ޢަރަބި ބަހުން

  • ޕްރޮގްރާމު ކުރިއަށް ގެންދާނީ 2 މަސްދުވަހަށް މިޞްރުގައި

  • ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 28ވާ އާދީއްތަ ދުވަހުގެ 13:00

މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން ކުރިއަށްގެންދާ އިމާމުންނާއި، ވާޢިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ، 2 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން އިމާމުންނާއި، ވާޢިޡުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިހާރުވަނީ ހުޅުވާލާފައެވެ. މިސްރުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ކިޔަވައިދޭނީ ޢަރަބި ބަހުންނެވެ.

އިމާމުންނާއި، ވާއިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތައް:

އުމުރުން 18 އަހަރުފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން
ޓްރެއިނިންގއާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާސިލުކޮށްފައިވުން
ޢަރަބި ބަހުން ކުރިއަށްގެންދާ ޕްރޮގްރާމަކަށްވާތީ، ރަނގަޅަށް ޢަރަބި ބަހުން ވާހަކަ ދައްކަން އެނގުން

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާ ބޭފުުޅުންނަށް އިންޓަރނޭޝަނަލް އެއަރ ޓިކެޓާއި، ހުރުމާއި، ކެއުމުގެ އިތުރުން ދަތުރުތައް މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން ހަމަޖއްސައިދޭނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ https://forms.gle/Wymw5GWLyVE7L4Xu6 މެދުވެރިކޮށެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ، މިމަހުގެ 28ވާ އާދީއްތަ ދުވަހުގެ 13:00އެވެ.