ޚަބަރު

ގުރައިދޫ ފަޅުން ހިފި ކިނބޫ ރާއްޖެ ސަރަހައްދުން ބޭރަށް ދޫކޮށްލަނީ


  • ކިނބޫ ހިފީ ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން

  • ރާއްޖޭގެ އިޤުތިސާދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ދަނީ ކުރަމުން

ގުރައިދޫ ފަޅުން ހިފި ކިނބޫ ރާއްޖެއަށް ނާދެވޭ ގޮތަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ކ. ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން، 6 ފޫޓުގެ ކިނބުލެއް ހިފާފައިވަނީ "ރަންމުތް" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެ ކިނބޫ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް، ރާއްޖެއަށް ނާދެވޭ ގޮތަށް ރާއްޖޭގެ އިޤުތިސާދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިރުވައި މޫސުމުގައި އޮޔާއި ވައި ހުންނަ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކިނބޫ ފެންނަމުންދެއެވެ. އަދި މިގޮތަށް ފެންނަ ކިނބޫތައް އަމިއްލައަށް ހިފަން މަސައްކަތް ނުކޮށް، ކަމާގުޅޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް ކަމާ ބެހޭ އިދާރާތަކުން ދަނީ ޢިލްތިމާސް ކުރަމުންނެވެ.