ޚަބަރު

ނޯތު ހާބަރު ސަރަހައްދުގެ މަގު ފުޅާކޮށް، މަސައްކަތް ހޮނިހިރު ދުވަހު ފަށަނީ


  • ވަގުތީގޮތުން އޮޑިދޯނިފަހަރު އެހެން ސަރަހައްދަކަށް ބަދަލުކުރާނެ

  • އޮޑި ދޯނި ފަހަރަށް ދަތިނުނުވާނެ ގޮތަށް، ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ

މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ހޮނިހިރު ދުވަހު ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ހޮނިހިރު ދުވަހު ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 ސެގްމެންޓަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ސެގްމަންޓްގެ މަސައްކަތްކުރުމަށް، ލޯކަލް މާރުކެޓްގެ ހުޅަނގަށް 100 މީޓަރު ސަރަހައްދުގައި ހިމެނޭ އެންމެހައި ކަނޑު އުޅަނދުތައް މިމަހުގެ 19 ވަނަ ދުވަހުގެ 0:00ގެ ނިޔަލަށް ނެގުމަށް އެ ކުންފުނިން ވަނީ އަންގާފައެވެ. އަދި އެ ސަރަހައްދު ބޭނުންކުރާ އޮޑި ދޯނިފަހަރަށް ވަގުތީ ގޮތުން އެހެން ސަރަހައްދުތަކެއް ހަމަޖެއްސުމަށް ކަމާ ބެހޭ ވުޒާރާތަކާއި ގުޅިގެން އެ ކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ.

މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތައް އެއްބާރުލުން ދިނުމަށް އެމްޕީއެލުން ވަނީ އެދިފައެވެ. މަސައްކަތް ކުރިއަށްދާ މުއްދަތުގެ ތެރޭގައި، އޮޑި ދޯނި ފަހަރަށް ދަތިނުނުވާނެ ގޮތަށް، ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިންތިޒާމްތައް ހަމަޖައްސާނެކަމުގެ ޔަޤީންކަން އެމްޕީއެލްއިން ދެއްވައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް 3 މަސްތެރޭ ނިންމުމަށް ހަމަޖެހިފައިވެއެވެ.