ޚަބަރު

އަލިފާން ރޯވީ އިންޖީނު ރޫމުގައި، ނިއްވުމުގެ މަސައްކަތް ކުރިއަށް


  • އިންޖީނު ގޭގެ %80އަށް ވަނީ ގެއްލުންވެފައި

  • ކޮންޓްރޯލް ރޫމަށްވެސް އަސަރުކޮށްފައިވޭ

ލ. ގަމު އިންޖީނުގޭގައި އަލިފާން ރޯވީ އިންޖީނު ރޫމްގައިކަމަށާއި ނިއްވުމުގެ މަސައްކަތްކުރަމުންދާކަމަށް ގަމު ފެނަކަ ބްރާންޗުން ބުނެފިއެވެ.

ގަމު ފެނަކަ ބްރާންޗުން ބުނީ އިންޖީނުގޭގެ %80 އަށް ގެއްލުންވެފައިވާކަމަށާއި، އަލިފާން ރޯވީ އިންޖީނު ރޫމުގައިކަމަށެވެ. އިންޖީނު ގޭގައި ހުރި 5 އިންޖީނުގެ ތެރެއިން، 2 އިންޖީނު މުޅިން ބޭނުން ނުކުރެވޭވަރަށް ވަނީ ގެއްލުންވެފައެވެ. މިހާދިސާގައި ކޮންޓްރޯލް ރޫމާހަމައަށްވެސް އަލިފާނުގެ އަސަރުކޮށްފަވާކަމަށް ބެލެވޭކަމަށްވެސް މަޢުލޫމާތު ލިބިފައއިވެއެވެ.

އަލިފާން ނިންވުމަށް ފުލުހުންނާ އެމްއެންޑީއެފް އަދި ރަށުގެ ރައްޔިތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ގަމު ސެންޓްރަލް ޕަވަރ ހައުސްގެ ޚިދުމަތް ވަނީ 2020ވަނަ އަހަރު ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ގަމާއި ގުޅިފައިވާ ހުރިހާ އަވަށްތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. މީގެތެރޭގައި ފުނަދޫ ނުހިމެނެއެވެ.
ގަމު ފެނަކަ ބްރާންޗުން ވިދާޅުވީ ކަރަންޓު ދިނުމަށް ވަގުތުތަކެއް ނަނގާނެކަމަށެވެ. މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ވަނީ ބުނެފައެވެ.

ގަމުގެ ކަރަންޓު ކެޕޭސިޓީއަކީ 5 މެގަވޮޓެވެ. އަދި ރަށުގެ ލޯޑި 2 މެގަވޯޓުން މައްޗަށް އަރައެވެ. މުޅި ރަށުން ކަރަންޓު ކެނޑިފަވާ މައްސަލައަށް ވަގުތީ ޙައްލެއް ހޯދުމަށް ފެނަކައާއެކު މަސައްކަތްކުރަމުންދާކަމަށް، އެ ބްރާންޗުން ވަނީ މަޢުލޫމާތު ދީފައެވެ.