ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުނު ސަނީ އުމަރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ސަނީ އުމަރު ގެންގޮސްފައިވަނީ އެއަޕޯޓްގައި ހުއްޓަކަމަށެވެ.
ފުލުހުން ވިދާޅުވެފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެ މައްސަލައާ ގުޅުގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.