މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު، އިތުރު ފަރުވާއަށް ތައިލެންޑަށް ގެންގޮސްފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ ފިހިފައިވާ މުވައްޒަފަށް އިތުރު ފަރުވާ ދިނުމަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާވީ 43 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާގެ ހަށިގަނޑުގެ އެކި ތަންތަން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އޭނާއަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ.