ޚަބަރު

މާލޭގައި މިރޭ ހަވާ އަރުވަނީ


  • މިރޭ 21:15 އިން ފެށިގެން 3 މިނެޓުގެ ވަގުތަކަށް ހަވާއަރުވާނެ

  • މިއީ އަމިއްލަ ފަރާތެއްގެ އިވެންޓަކާގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް

މިރޭ މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ލެމަންގްރާސް ސިޓްރޮން ސަރަހައްދުގައެވެ. މިރޭ 21:15 އިން ފެށިގެން 3 މިނެޓުގެ ވަގުތަކަށް ހަވާއެރުވުން ކުރިއަށްދާނެކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް، ސިފްކޯއިން ކުރިއަށްގެންދާ ހަރަކާތެކެވެ. އެމްއެންޑީއެފްއިން މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ޙަފްލާތަކުގައި މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ. ހަމައެހެންމެ ރާއްޖޭގައި ފާހަގަކުރާ ބައެއް ޚާއްސަ އިޙްތިފާލުތަކާ ދިމާކޮށްވެސް ހަވާ އެރުވުން ކުރިއަށްގެންދެއެވެ.