މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވައިފިއެވެ.
އެކަމަނާ ސޯޝަލް މީޑީއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ދިވެހި ލޮބުވެތި ރައްޔިތުންނަށް، ނުހަނު އިޚްލާޞްތެރިކަމާއެކު، ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާ ކަމަށެވެ. އަދި އެކުވެރި، އެއްބައިވަންތަ، ބާއްޖަވެރި މުޖްތަމަޢެއް މި ވަޠަނުގައި އަބަދުމެ ދެމިއޮތުމަށް އެދި ހެޔޮ ދުޢާކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ދިވެހި ލޮބުވެތި ރައްޔިތުންނަށް، ނުހަނު އިޚްލާޞްތެރިކަމާއެކު، ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވަނީ، އެކުވެރި، އެއްބައިވަންތަ، ބާއްޖަވެރި މުޖްތަމަޢެއް މި ލޮބުވެތި ވަޠަންގައި އަބަދުމެ ދެމިއޮތުމަށް އެދި ހެޔޮ ދުޢާކުރަމުން. pic.twitter.com/EACFhHZX10
— First Lady Sajidha Mohamed (@sajidhaamohamed) November 11, 2025
ޖުމްހޫރީ ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ވެރިކަން ފެށުނު ދުވަހާ ދިމާކޮށެވެ. އެއީ ފުރަތަމަ ޖުމްހޫރިއްޔާގެ ވެރިކަން ނިމި، އަނެއްކާވެސް ރަސްކަމަކަށް ބަދަލުވެ، 14 އަހަރަށްފަހު އެރަސްކަން ނިމި އަނެއްކާވެސް ރާއްޖެ ޖުމްހޫރީ ނިޒާމަކަށް ބަދަލުވި ދުވަސް ކަމަށްވާ 11 ނޮވެމްބަރ 1968 ގައެވެ.
މިއަދު މިފާހަގަކުރަނީ ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ޤާއިމު ކުރެވުނުތާ 57 އަހަރުފުރޭ ދުވަސްވެސްމެއެވެ.