ޚަބަރު

ރާއްޖެ ސަރަހައްދުން ލަންކާގެ 2 މަސް ބޯޓު ހިފަހައްޓައިފި


  • މި ބޯޓު އަތުލައިގަތީ ވ.ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުން

  • މި ދެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން

ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ބޯޓުތައް ހިފަހައްޓާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮވެންބަރު 5ވަނަ ދުވަހުގެ ރޭގަނޑު ވ.ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ މި ދެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.