ދާޚިލީ ސަލާމަތުގެ ދާއިރާއިން 31 މަޝްރޫޢެއް ކުރިއަށްގެންދިއުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކުރައްވައިފިއެވެ.
ބަސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫޢުތަކުގައި ސޮއިކޮށްފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ޚިދުމަތާއި މަޝްރޫޢުތައް ހަވާލުކުރި ކުންފުނިތަކުގެ އިސްވެރިންނެވެ. ހަވާލުކުރި މަޝްރޫޢުތަކުގެ ތެރޭގައި ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަސައްކަތާއި ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ. މިދާއިރާގެ މަސައްކަތްތައް ތަފާތު 5 ކުންފުންޏަކާ ވަނީ ހަވާލުކުރައްވާފައެވެ.
* ލ. މާމެންދޫ ޕޮލިސް ޕޯސްޓް އަޅަން އެފްޖޭ ޑިޒައިންއަށް
* ލ. މާބައިދޫ ޕޮލިސް ޕޯސްޓް އަޅަން އެފްޖޭ ޑިޒައިންއަށް
* ދ. ހުޅުދެލި ޕޮލިސް ސްޓޭޝަން އަޅަން އެފްޖޭ ޑިޒައިންއަށް
* ދ. ބަޑިދޫ ޕޮލިސް ސްޓޭޝަން އަޅަން އެފްޖޭ ޑިޒައިންއަށް
* ދ. މަޑުއްވަރީ ޕޮލިސް ސްޓޭޝަން އަޅަން އެފްޖޭ ޑިޒައިންއަށް
* ތ. ގާދިއްފުށި ޕޮލިސް ސްޓޭޝަން އަޅަން އެފްޖޭ ޑިޒައިންއަށް
* ތ. ދިޔަމިގިލި ޕޮލިސް ސްޓޭޝަން އަޅަން އެފްޖޭ ޑިޒައިންއަށް
* ބ. ކެންދޫ ޕޮލިސް ސްޓޭޝަން އަޅަން ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
* ބ. ކަމަދޫ ޕޮލިސް ސްޓޭޝަން އަޅަން ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
* ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަން އަޅަން ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
* ކ. ހިންމަފުށި ޕޮލިސް ސްޓޭޝަން އަޅަން ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
* ކ. ގާފަރު ޕޮލިސް ސްޓޭޝަން އަޅަން ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
* ގއ. މާމެންދޫ ޕޮލިސް ސްޓޭޝަން އަލަން ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
* ނ. މާޅެންދޫ ޕޮލިސް ސްޓޭޝަން އަޅަން ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
* ހދ. ނެއްލައިދޫ ޕޮލިސް ސްޓޭޝަން އަޅަން ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
* ކ. ދިއްފުށި ޕޮލިސް ސްޓޭޝަން އަޅަން އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
* ބ. ހިތާދޫ ޕޮލިސް ސްޓޭޝަން އަޅަން އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
* ބ. ކިހާދޫ ޕޮލިސް ސްޓޭޝަން އަޅަން އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
* ބ. ދޮންފަނު ޕޮލިސް ސްޓޭޝަން އަޅަން އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
* ބ. ކުޑަރިކިލު ޕޮލިސް ސްޓޭޝަން އަޅަން އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
* ހއ. ތަކަންދޫ ޕޮލިސް ސްޓޭޝަން އަޅަން ޕެންސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
* ހއ. ފިއްލަދޫ ޕޮލިސް ސްޓޭޝަން އަޅަން ޕެންސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
* ހދ. ވައިކަރަދޫ ޕޮލިސް ސްޓޭޝަން އަޅަން ޕެންސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
* ހދ. ކުރިނބީ ޕޮލިސް ސްޓޭޝަން އަޅަން ޕެންސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
* ތ. ބުރުނީ ޕޮލިސް ސްޓޭޝަން އަޅަން އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
* ތ. ވަންދޫ ޕޮލިސް ސްޓޭޝަން އަޅަން އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
* ތ. ހިރިލަންދޫ ޕޮލިސް ސްޓޭޝަން އަޅަން އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
* މ. ކޮޅުފުށި ޕޮލިސް ސްޓޭޝަން އަޅަން އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
* ސ. މަރަދޫ ފޭދޫ ޕޮލިސް ސްޓޭޝަން އަޅަން އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
* އއ. ބޮޑުފޮޅުދޫ ޕޮލިސް ސްޓޭޝަން އަޅަން އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
* އދ. މަންދޫ ޕޮލިސް ސްޓޭޝަން އަޅަން އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
މި މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމުގެ ސަބަބުން ދިވެހި ރައްޔިތުން ޝާމިލުވާ އެތައް ކުންފުންޏަކަށް މާލީ ތަނަވަސްކަން ލިބިގެންދާނެއެވެ. މި މަޝްރޫޢުތައް ސަރުކާރުން ހަވާލުކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ވީ އެންމެ އަވަހަކަށް މަޝްރޫޢުތައް ނިންމޭނެ ގޮތެއްގެ މަތިންނެވެ.