އައްޑޫ ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އައްޑޫ ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ކުރެއްވި ޒިޔާރަތެއްގައެވެ.
އައްޑޫ ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިރަސްމިއްޔާތުގައި ނޭޝަނަލް ލައިބްރަރީގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަހީދެވެ.
އައްޑޫ ސިޓީގައި ނޭޝަނަލް ލައިބްރަރީ ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.
މިގޮފި ޤާއިމްވެގެންދިއުމަކީ، އައްޑޫ ސިޓީއަށް ޢިލްމީގޮތުން އިތުރު ކުރިއެރުންތަކެއް އަންނާނޭކަމެއްކަމަށާއި ނޭޝަނަލް ލައިބްރަރީއެއް ހުރުމަކީ އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު މުއްސަނދިވެ، ހޭލުންތެރިކަން އިތުރުވުމަށް ފުރުސަތު ފަހިވާނެކަމެއްކަމަށް އެމްޓީސީސީން ޤަބޫލްކުރައްވައެވެ.
ވޭތުވެދިޔަ 44 އަހަރު އެމްޓީސީސީން ވަނީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އަދި މިހާރުވެސް އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ކުރިއަށްގެންދަމުންނެވެ.