ޚަބަރު

ރާއްޖެ ގެންނަ 56 އެމްބިއުލާންސްގެ ތެރެއިން 18 އެމްބިއުލަންސްގެ އިންސްޕެކްޝަން ނިމިއްޖެ


  • އިންސްޕެކްޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެމްޕީއެލްއާއި ސިއްޙީ ވުޒާރާގެ އޮފިޝަލުން

  • މި އެމްބިއުލާންސްތައް ގެންނަނީ އެމްޕީއެލްއާ ހަވާލުކޮށްގެން

ރާއްޖެއަށް ގެންނަ އެމްބިއުލާންސްތަކުގެ ތެރެއިން ފުރަތަމަ ގެންނަ 18 އެމްބިއުލަންސް އިންސްޕެކްޝަން ދުބާއީގައި ފުރިހަމަކޮށްފިއެވެ.

ރާއްޖެއަށް އެމްބިއުލާންސްތަކެއް ގެންނަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއާ ހަވާލުކޮށްގެންނެވެ. ސިއްޙީ ވުޒާރާއިން އެކުންފުންޏާ ހަވާލުކޮށްފައިވަނީ 56 އެމްބިއުލާންސް ގެނައުމަށެވެ.

އެމްބިއުލާންސްތައް ރާއްޖެ ގެނައުމާ ގުޅޭގޮތުން އެމްޕީއެލްއިން ވިދާޅުވީ އެ ކުންފުންޏާ ހަވާލުކުރި 56 އެމްބިއުލަންސް ގެނައުމުގެ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ރާއްޖެ ގެންނަ 18 އެމްބިއުލަންސް އިންސްޕެކްޝަންތައް ދުބާއީގައި ފުރިހަމަކޮށްފައިވާކަމަށެވެ. އަދި އެ އިންސްޕެކްޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެމްޕީއެލްއާއި ސިއްޙީ ވުޒާރާގެ އޮފިޝަލުން ހިމެނޭ ޓީމަކުންނެވެ.

ރާއްޖެއަށް 56 އެމްބިއުލާންސްއެއް ގެނައުމަށް އެމްޕީއެލްއާ ހަވާލުކޮށްފައިވާއިރު 60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައިވަނީ އެ އެމްބިއުލާންސްތައް ފޮނުވަނީ އެމްބިއުލެންސް ހަލާކުވެފައި ނުވަތަ އެކި ކަހަލަ މައްސަލަތައް ދިމާވެފައި ހުރި ރަށްތަކަށްކަމަށެވެ. .