ޚަބަރު

ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީ


  • އޭނާ ގެއްލުނީ މިމަހުގެ 21 ވަނަ ދުވަހު

  • ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ އިރުއޮއްސި 06:56 ގައި

ނޭޕާލް އަންހެނަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ނޭޕާލް ރައްޔިތެއްކަމަށްވާ އުމުރުން 19 އަހަރުގެ ޕޫރްނީމާ ގަޖްމަރއެވެ. ޕޫރްނީމާ ގަޖްމަރ ހޯދަމުންދަނީ މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00 ހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގިގެންނެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ގެއްލިފައިވާކަމަށް އިއްޔެ އިރުއޮއްސި 06:56 ގައި ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާއި ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކޮށް ހޯދުމަށް މިހާތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ޕޫރްނީމާ ގަޖްމަރއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.