ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރު 11ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑިއެފުން ވިދާޅުވީ މި ހާދިސާގައި އަލިފާން ރޯވީ، އެ ޓަވަރުގެ 3ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަހައްޓާފައިވާ އެގްޒޯސްޓަކުން ކަރަންޓް ޝޯޓް ވެގެންނެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސަށް މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 11:25ހާއިރުއެވެ. މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށާއި ނަމަވެސް، އެޕާޓްމަންޓުގެ ބެލްކަންޏަށް އަލިފާނުގެ ސަބަބުން ބައެއް ގެއްލުންތައް ވެފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.