ޚަބަރު

ފާމިން ލޮޕޭޒްގެ ހެޓްރިކާއެކު ބާސެލޯނާއަށް މޮޅެއް


ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގްރީސްގެ އޮލިމްޕިއާކޯސްއާ ދެކޮޅަށް ކުޅުނު 6-1 ގެ ނަތީޖާއަކުން ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގެ 7 ވަނަ މިނިޓުގައި ބާސެލޯނާގެ ފަރމިން ލޮޕޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށް ވަނަ މިނިޓުގައި އޮލިމްޕިއާކޯސް އިން ވަނި ލަނޑެއް ޖަހާފަ އެވެ. މި ލަނޑަކީ ބާސެލޯނާގެ އެރިކް ގާސިއާގެ އަތުގައި ބޯޅަ ޖެހުމާޢި ގުޅިގެން އޮލިމްޕިއާކޯސް އަށް ލިބުނު ޕެނަލްޓީ އަކުން އެލް ކާބީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މި މެޗުގައި ބާސެލޯނާ އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 68 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ލަމީން ޔަމާލް ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ.

ބާސެލޯނާ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 74 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މާކަސް ރަޝްފޯޑް އެވެ.

އަދި އޭގެ ދެ މިނިޓު ފަހުން ފަރމިން ލޮޕޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ.

މި މެޗުގައި ބާސެލޯނާ އިން ޖެހި ހަވަނަ ލަނޑަކީ މެޗުގެ 79 ވަނަ މިނިޓުގައި ޕެޑްރީގެ އެސިސްޓަކުން ރަޝްފޯޑް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މިއީ 2017 ވަނަ އަހަރު ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ 6-1 ގެ ނަތީޖާއަކުން މޮޅުވި ފަހުން އެ ޓީމަށް ޗެމްޕިއަންސް ލީގުގައި ހަ ލަނޑު ޖެހުނު ފުރަތަމަ ފަހަރެވެ.

މި މެޗުން މޮޅުވުމާއިއެކު ބާސެލޯނާއަށް ވަނީ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި ކުޅުނު ތިން މެޗުން ޖުމްލަ ހަ ޕޮއިންޓް ލިބިފަ އެވެ. އެ ޓީމު ވަނީ މި މުބާރާތުގައި ޕީއެސްޖީ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.