ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ އަންހެން ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ އަންހެން ޕެއާ ކަމަށްވާ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުޙައްމަދު ސިދުގީ ކުޅުނު ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން ހޯސްޓް ބަހްރެއިން ބަލިކޮށްފިއެވެ.
ބަހްރެއިންގެ ސަމާ ބޭ ބީޗް ވޮލީބޯޅަ އެރީނާގައި ކުރިއަށްދިޔަ މެޗުގައި ރާއްޖޭގެ ޕެއާއިން ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ އިރު، ސެޓުތައް ގެންދިޔައީ 21-9 އަދި 21-12 އިންނެވެ.
ބަހްރެއިންގެ ލަޔާން މާޖިދާއި މާޔާ ފަލާހާ ދެކޮޅަށް ރާއްޖޭގެ ޕެއާއިން ކުޅުނު ދެ ސެޓުގައިވެސް ރަނގަޅު ރޫހެއް ދައްކާފައިވެއެވެ. ހާއްސަކޮށް ދެ ސެޓުގައިވެސް ރާއްޖެއިން ރަނގަޅު ލީޑެއް ނަގައި، މެޗު ކާމިޔާބުކުރީ ޔަގީންކަމާއެކުގައެވެ.
ބަހްރެއިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގެ އަންހެން ބީޗް ވޮލީ ބޯޅަ އިވެންޓްގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ރާއްޖެއާއި ބަހްރެއިންގެ ދެން ހިމެނެނީ އިންޑޮނޭޝިއާގެ އިތުރުން ތައިލެންޑް،
ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޕެއާއަށް ދެން މެޗެއް އޮންނާނީ މާދަމާ ރާއްޖެ ގަޑިން ހަވީރު 5:00 ގައި ސްރީ ލަންކާ ޕެއާއާ ދެކޮޅަށް އޮންނަ މެޗެވެ. އޭގެ އިތުރުން މާދަމާ ރޭ ރާއްޖެ ގަޑިން 11:00 ގައި އިންޑޮނޭޝިއާ ޕެއާއާ ދެކޮޅަށްވެސް މެޗެއް އޮންނާނެއެވެ.