ޅ. ނައިފަރަށް ދަތުކުރި ބޯޓަކުން ފަސް ފަޅުވެރިން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފް ނޮދަން އޭރީއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވި ކަމަށެވެ. އެގޮތުން ނަސްރު ބޯޓުން ދަތުރުކުރި ފަސް ފަޅުވެރިއަކު ސަލާމަތްކޮށް ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ނަގާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.