ރިޕަބްލިކް އޮފް ސީޝެލްސްގެ އިންތިޚާބީ ރައީސް، ޑރ. ޕެޓްރިކް ހަރމިނީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
އެމަނިކުފާނު ފޮނުއްވެވި މެސެޖުގައި، އިންތިޚާބީ ރައީސް ޑރ. ހަރމިނީއަށް ކާމިޔާބަށް އެދިވަޑައިގަންނަވާކަމަށާއި އެމަނިކުފާނުގެ ޒަޢާމަތުގައި ސީޝެލްސްއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ދެ ޤައުމުގެ ދޭދޭ މަސްލަޙަތު އެކުލެވޭ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ރައީސުލްޖުމްުޙޫރިއްޔާ ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސީޝެލްސްގެ އިންތިޚާބީ ރައީސް ޑރ. ހަރމިނީއަށް ދުޅަހެޔޮ ޞިއްޙަތަކާއި، ފާގަތި، މުސްތަޤްބަލަކަށް އަދި، އެޤައުމުގެ ރައްޔިތުންނަށްވެސް އުފާ ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންނެވިއެވެ.