އދ. އޮމަދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. އަދި ވަޒީރުންނާ ދާއިރާގެ މެންބަރު އަދި ކައުންސިލް މެންބަރުންނާ ރައްޔިތުން ބައިވެރިވިއެވެ.
ކައުންސިލް އިދާރަގެ އާ އިމާރާތުގެ ބިންދާ އަޅުއްވައިދެއްވީ ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި މަސައްކަތަކީ ކައުންސިލްތަކަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމަށް ސަރުކާރުން ފައްޓާވާފައިވާ މަޝްރޫޢުގެދަށުން ފައްޓެވި މަސައްކަތެކެވެ.
ސަރުކާރުން މިހާތަނަށް ވަނީ 105 ރަށެއްގައި ކައުންސިލް އާ އިމާރާތް އެޅުމަށް ނިންމާފައެވެ. އަދި މީގެތެރެއިން ވަރަށް ގިނަ ރަށްތަކެއްގައި ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ.
މި އިމާރާތާއެކު ކައުންސިލަރުންނާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް އަދި ކައުންސިލްގެ އިދާރީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ތަނަވަސްވެގެންދާނެއެވެ.
އޮމަދޫ ކައުންސިލް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފަވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އާރްސީސީއާއެވެ.