ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އދ.ދިއްދުއަށް ވަޑައިގެންފި


  • ރައީސްއަށް ހޫނު މަރުޚާބާއެއް ވަނީ ކިޔާފަ

  • މުހިންމު މަޝްރޫޢުތަކެއްގެ ފެށުން ފާހަގަކުރި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އދ.ދިއްދުއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިއްދުއަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ދިއްދުއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި އެރަށުގައި އޭޓީއެމްގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވާނެއެވެ. އަދި އެރަށުގައި ފުޓްސެލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔަތުގައާއި، ދިއްދޫގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމޔގެ ރަސްމިއްޔަތުގައިވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މީގެއިތުރުން އެރަށުގައި ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް، އިމާރާތްކުރާ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް މިދަތުރުފުޅުގައި ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.