އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
އެމްޓީސީސީއާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ.
މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީއެވެ.
ދަނގެތީ ބިން ހިއްކުމުގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން 27.32 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 576 މީޓަރުގެ ވަގުތީ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއ،ި 718 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 500 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮއްޓެއް ލުމާއ،ި 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން 66,500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް
އެޅުމާއ،ި 492 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއ،ި 385 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
1160 މީހުންގެ އާބާދީއެއް އޮންނަ ދަނގެއްޗަކީ ފަތުރުވެރިކަމަށް މަޝްހޫރު ރަށެކެވެ. ދަނގެތީގެ ހިއްކާ ބިމުން ދިރިއުޅުމަށާއި ގެސްޓް ހައުސް ވިޔަފާރިއަށް ގޯތި ދޫކުރެވޭނެއެވެ. އަދި މިއަދު ސޮއިކުރެވުނު މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ދަނގެތީގެ ގޮނޑުދޮށް ހިމާޔަތްކުރެވި މިހާރު ރައްޔިތުން ތަޙައްމަލު ކުރަމުންދާ ދަތިތަކަށް ހައްލު ލިބިގެންދާނެއެވެ.
ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެއްވީ 279.92 މިލިޔަން ރުފިޔާއަށް 570 ދުވަސްތެރޭ ނިންމާގޮތަށެވެ.
ވޭތުވެދިޔަ 44 އަހަރު ދުވަހުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ.