މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭ މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރަން ނިންމައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފުލުހުން ވިދާޅުވީ މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ.
ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ވާހަކަ ދަންނަވަން.
— Maldives Police (@PoliceMv) October 3, 2025
ފުލުހުން ވަނީ މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދިފައެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށްް ދިމާވެދާނެ އެންމެހައި ދަތިތަކަށް ފުލުހުން ވަނީ މަޢާފަށް އެދިފައެވެ. ބައެއް ސަރަހައްދުތައް ބަންދު ކުރަން ނިންމިނަމަވެސް އެއީ ކޮން ސަރަޙައްދުތަކެއްކަމެއް ފުލުހުން ހާމަކުރައްވާފައެއްނުވެއެވެ.