ދިވެހިރާއްޖޭގެ ފަތުރުވެރިކަން، ދުނިޔޭގައި ހޯދާފަވާ މަޤާމު ދަމަހައްޓައި، ދެމެހެއްޓެނިވި ސިނާޢަތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކައް ދެއްވާކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވަނީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ އެންމެހާ ފަރާތްތަކަށް އަރިސްކުރައްވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތަކީ، ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ނަގާ، ދިވެހީންގެ ދިރިއުޅުމަށް ހެޔޮ އެތަށް ބަދަލުތަކެއް ގެނެސްދިން މަސައްކަތެކަމަށެވެ.
މިކަން މިގޮތުގައި ދެމެހެއްޓުމަށް އެންމެން ގުޅިގެން އެކުގައި މަސައްކަތްކުރުމާއި، ދިވެހީން މި ސިނާއަތުގައި ހޯދާފައިވާ ކުރިއެރުން ދެމެހެއްޓުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ސިނާޢަތަކީ ދެމެހެއްޓެނިވި އަދި ކޮންމެ ފަތުވެރިއެއްގެ ބޭނުންތަކަށް ޚިދުމަތް ދެވޭ ފެންވަރުގެ ފަތުވެރިކަމެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
Wishing everyone a very happy National Tourism Day.
— Thoriq Ibrahim (@Thoriqibrahim) October 3, 2025
Tourism has been the driver of Maldives economic growth, uplifting the lives and livelihoods of many. Together, we will ensure that Maldives tourism remains the benchmark for excellence, and that our industry is resilient and… pic.twitter.com/G36OLIr7X3
ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ މި ސިނާޢަތް ކުރިއެރުވުމުގައި ފަތުވެރިކަމުގެ ސިނާޢަތުގެ ބައިވެރިންނާ\އި ޕްރޮފެޝަނަލުންނާއި ރައްޔިތުން ކުރައްވަމުންދާ މަސައްކަތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ، އެ ފަރާތްތަކުގެ އަގު ވަޒަންކުރެއްވުމަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަސް، ޤައުމީ ފެންވަރުގައި ފާހަގަކުރަން ފެށީ 2021ވަނަ އަހަރުން ފެށިގެންނެވެ.