މިދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި 46 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެތެރެއިން ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މިމަހުގެ 21 އިން 27 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ހިނގި އެކްސިޑެންޓްތަކުގެ މައުލޫމާތު ހާމަކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި 46 އެކްސިޑެންޓް ހިނގާފައިވާއިރު އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ 21ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް ވަނީ 10 އެކްސިޑެންޓެއް ހިނގާފައެވެ. އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ 26 ވަނަ ދުވަހުއެވެ. އެދުވަހުު 4 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެކްސިޑެންޓްތަކުގައި ހިމެނޭ %80 އުޅަނދަކަށް ވަނީ ގެއްލުން ލިބިފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އެކްސިޑެންޓްތަކުގެ ތެރެއިން 29 އެކްސިޑެންޓް ހިނގާފައިވަނީ ދުވާލު ވަގުތުއެވެ. އެއީ %63 އެވެ. 17 އެކްސިޑެންޓެއް ހިނގާފައިވަނީ ރޭގަނޑުގެ ވަގުތުގައެވެ. އެއީ %37 އެވެ.
.Traffic Stats from 21-27 Sept 2025 in Male’, Bridge and Highway: A total of 46 accidents were reported, with the highest involving motorcycle collisions: 14 motorcycle-to-car and 8 motorcycle-to-motorcycle. pic.twitter.com/drolb0NNIe
— Maldives Police (@PoliceMv) September 28, 2025
މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓްތަކުގައި ހިމެނޭ މީހުންގެ ތެރެއިން %7 މީހުންނަށް ސީރިއަސް އަނިޔާތައް ވަނީ ވެފައެވެ. އަދި މި އެކްސިޑެންޓްތަކުގައި %93 މީހުންނަށް އަނިޔާވެފައިވާކަމަށްވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި އެކްސިޑެންޓްތަކުގެ ތެރެއިން ބްރިޖާއި ހައިވޭގައި %15 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލު ދުއްވުމުގެ ތެރޭގައެވެ. އެގޮތުން 2 ސައިކަލު ޖެހިގެން 8 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އަދި ސައިކަލާއި ކާރު ޖެހިގެން 11 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.
އާންމުގޮތެއްގައި އެކްސިޑެންޓްތައް ހިނގަން ދިމާވަނީ ދުއްވަންޖެހޭ ސްޕީޑަށްވުރެ ބާރު ސްޕީޑްގައި ސައިކަލު ދުއްވައިގެންކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން ސްޕީޑް ލިމިޓްއަށްވުރެ ބާރަށް ނުދުއްވުމާއި އަދި އޯވަރޓޭކް ނުކުރުމަށް ފުލުހުން އަބަދުވެސް ދަނީ ނަސޭހަތްތެރިވަމުންނެވެ.