ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިޔަށް އެބަދެއެވެ.
މިއީ މިގޮތަށް ކުރިއަށްގެންދާ 24 ވަނަ މުބާރާތެވެ. މިމުބާރާތް ކުރިއަށްގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގައި 11 ޓީމަކުން ވާދަކުރެއެވެ. މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށެވެ.
24 ވަނަ މައިލޯ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ގްރޫޕް އޭގައި ވާދަކުރާ ޓީމުތަކަކީ ސީ މެޓްރިކްސް، އެމް.ވީ ނެޓާރޒް، ކޭ.ވައި.އާރު.ސީ، އިންވިކްޓޯ އެސް.ސީ. އެން ސްޕޯޓްސް އޭ، ޒެނިތު އެސް،ސީ
މިމުބާރާތުގެ ގްރޫޕް ބީގައި ވާދަކުރަނީ ގްރީން ސްޓްރީޓްސް، ޔުނައިޓެޑް ޔުނިޓީ އެސް.ސީ، އެސް.ސީ ސްކައިލާރކް، އެސް.ސީ ޝައިނިންގ ސްޓާރޒް އަދި ޔޫތު ޔުނައިޓެޑް އެސްސީއެވެ.
މިމުބާރާތުގައި ޖުމްލަ 28 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ޒުވާނުންގެ މަޒުކަޒުގެ އެތެރޭ ކޯޓުގައެވެ.