ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިޙްސާސް ކުރެވޭ ހޫނުމިން 38 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އަރައިފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ މިއަދު ހުޅުލޭގެ ހޫނުމިން 32.0 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.7 ޑިގްރީ ސެލްސިއަސްގައެވެ. އަދި ހދ. ހަނިމާދޫގެ ހޫނުމިން 30.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 33.1 ޑިގްރީ ސެލްސިއަސްގައި ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން ލ. ކައްދޫގެ ހޫނުމިން 32.2 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 38.7 ޑިގްރީ ސެލްސިއަސްގައިކަމަށާއި، ގދ.ކާޑެއްދޫގެ ހޫނުމިން 31.0 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.1 ޑިގްރީ ސެލްސިއަސްގައިކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. އައްޑޫސިޓީ ގަމުގައި ހޫނުމިން 30.9 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 33.4 ޑިގްރީ ސެލްސިއަސްގައިކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި މަހު ރާއްޖެ އަށް ވާރޭ ވެހޭނެ ވަރާއި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވޭ ވަރު އާންމުކޮށްފައިވާއިރު، ވޭތުވެދިޔަ އަހަރުތަކުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު، މި ހިނގާ ސެޕްޓެމްބަރުމަހު ރާއްޖެއަށް ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން، ފިނިހޫނުމިން އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް އާންމުކޮށް ހުންނަ ވަރަށް ހުރި ނަމަވެސް، ދެކުނު ހިސާބުތަކަށް އާދަޔާ ހިލާފަށް މަތި ވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ.
• ވަރުދެރަވުން
• އަކުނިވަޔަށްދެމުން
• ބޮލުގައި ރިއްސައި ބޯއެނބުރުން
• ހަށިގަނޑުގައި ފެންމަދުވުން
• ލޮލަށް ލިބޭ ގެއްލުން
• ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ، ފޮޅުނެގުން އަދި ކުދި ރަތް ބިހި ނެގުން
• ބޭރަށްދާއިރު ކުޑަ ބޭނުންކުރުން
• ކުލަމަޑު އަދި ހަށިގަނޑު ނިވާވާފަދަ ދޫހެދުން ލުން
• ބޯ ނިވާވާނެފަދަ ފުޅާ ތޮތްޕެއް ބޭނުންކުރުން
• އަވީގައި އުޅޭއިރު ސަންލޯޝަން ބޭނުންކުރުން
• ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް ކަރުނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން
• އަވިއައިނު އެޅުން
• ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ހަކުރު އެކުލެވޭ ބުއިންތައް މަދުކުރުން
ހޫނު ގަދަ ވަގުތު ތަކުގައި ކުޑަކުދިން ބޭރަށް ނުގެންދިއުމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ކޮންމެހެން ބޭރަށް ދާންޖެހިއްޖެ ޙާލަތެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ހޫނުގަދަ ވަގުތުގައި ބޭރުގަ އުޅޭވަގުތު މަދުކުރަންވާނެއެވެ. ތުއްތު ކުއްޖާއަށް ގިނައިން ދިޔާތަކެއްޗާއި ފެން ދިނުމަށް ސަމާލުވާންޖެހެއެވެ.