ދީން

ޙައްޖާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް ފަށައިފި


މިއަހަރު ޙައްޖަށްދާ މީހުންނަށް ޙައްޖާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް ފަށައިފިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއެކު މިއަހަރު 5 ޖަމާޢަތަކުން މީހުން ޙައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. 

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަނީ އެ ކޯޕަރޭޝަނުން ޙައްޖަށް ގެންދާ މީހުންނަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުން މިރޭ ފަށާފައެވެ. މިގޮތުން މިރެއިން ފެށިގެން 5 ދުވަހަށް ކުރިޔަށްދާ މި ބައްދަލަވުންތައް އޮންނާނީ ދަރުބާރުގޭގައި ކަމަށް އެ ކުންފުނިން ބުނެއެވެ. ފުރަތަމަ ބައްދަލުވުން ފަށާފައިވަނީ މިރޭ 8:30ގައެވެ.

img:http://s1.psmnews.mv/images/660x400/14710227636279.jpg|ހައްޖުވެރިންނަށް މަޢުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން-

އަމިއްލަ ޖަމާޢަތެއްކަމަށްވާ އަލްޙަރަމައިން ޙައްޖު ގުރޫޕުން ބުނީ އެ ގްރޫޕްގެ ބައްދަލުވުންތައްވެސް މިއަދު ހަވީރު ފަށާފައިވާކަމަށެވެ. މިގޮތުން މިއަދު ހަވީރު 4:00 އިން 6:00 އަށް، ބައްދަލުވުމެއް ބާޢްވާފައިވާއިރު  މިރޭ 8:00 އިން 11:00 އަށް އަދި މާދަމާ ރޭ 8:15 އިން 11:00 އަށްވެސް އެ ޖަމާޢަތުގެ ބައްދަލުވުންތަކެއް އޮންނާނެކަމަށެވެ. އަދި މި ބައްދަލުވުންތައް ކުރިޔަށް ދާނީ އަޙްމަދިއްޔާ ސްކޫލް ހޯލްގައިކަމަށް އެ ޖަމާޢަތުން ބުނެއެވެ.

ޒައީމާ ޙައްޖުން ގްރޫޕުން ބުނީ އެ ގްރޫޕްގެ ޙަވާލުގައި ޙައްޖަށްދާ ފަރާތަކަށް ބައްވާ ބައްދަލުވުންތައް މަދާމާ ހެދުނު ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ހެދުނު 9:00 އިން 12:00 އަށް އަދި މެންދުރުފަހު  2:00 އިން 5:00 އަށް ކުރިޔަށްގެންދާ ބައްދަލުވުންތައް އޮންނާނީ ޢަރަބިއްޔާ ސްކޫލް ހޯލްގައިކަމަށް އެ ޖަމާޢަތުން ބުނެއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއެކު މިއަހަރު 5 ޖަމާޢަތަކުން މީހުން ޙައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު އަންނަ ހޯމަދުވަހުން ފެށިގެން ހައްޖާޖީން ޙައްޖަށް ދިޔުމަށް ފުރަންފަށާނެއެވެ.