ރާއްޖެއާއި ޗައިނާއާ ދެމެދު މިއަދު ސޮއިކުރެވުނު ފަހުމުނާމާތަކާއެކު ދެޤައުމުން ގުޅިގެން މަސައްކަތްކުރުމަށް އައު ޞަފްހާތަކެއް ހުޅުވިގެންދާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ.
ޗައިނާ ސަފީރު މިހެން ވިދާޅުވިީ ދިވެހި ރާއްޖެއާ ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާތަކެއްގައި ސޮއިކުރުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާތަކެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި އިޤުތިޞާދީ ތަރައްޤީ، ޢުމްރާނީ ތަރައްޤީ އަދި އިއާޢަދަކުރަނިވި ހަކަތައިގެ ދާއިރާ ހިމެނޭހެން 11 ފަހުމުނާމާއެއް ހިމެނެއެވެ.
Warm greetings from Beijing! It is a great pleasure to witness the successful signing of the MoUs between China and the Maldives, together with the distinguished delegation of His Excellency President Dr @MMuizzu , across key sectors such as capacity building, economic… pic.twitter.com/8TXcy7k3fZ
— Ambassador Kong Xianhua (@China_Amb_Mdv) September 2, 2025
މި ފަހުމުނާމާތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވީ، މި ފަހުމުނާމާތަކުގައި ސޮއިކުރެވުނުތަން ފެނުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
މީގެ އިތުރުން، މި ފަހުމުނާމާތަކުން ދެމެހެއްޓެނިވި ތަރައްޤީއާއި އެކުވެރިކަމާއެކު ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް ހާމަވެގެންދިޔަކަމަށާއި، މިއީ ކުރިއަށްއޮތްތާގަވެސް އެކުވެރިކަމާއި އެއްބާރުލުމާއެކު ދެޤައުމުން ގުޅިގެން މަސައްކަތްކުރުމަށް އައު ޞަފްހާތަކެއް ހުޅުވިގެންދިޔަ ކަމެއްކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.
Congratulations on the successful signings across key sectors — including capacity building, economic development, infrastructure, and clean energy. These milestones mark a significant step forward in driving sustainable progress and impactful partnerships@China_Amb_Mdv https://t.co/KvCVfjpaqk
— Mohamed Saeed (@em_saeed) September 2, 2025
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދުވެސް ވަނީ ޗައިނާއާއެކު އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާތަކެއްގައި ސޮއިކުރެވުނުކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. އަދި މި ފަހުމުނާމާތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ގިނަ ދާއިރާތަކުން ރާއްޖެއަށް ފައިދާތަކެއް ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން، އެސް.ސީ.އޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.