ކްރިސްޓަލް ޕެލަސްގެ ޑިފެންޑަރު މާކް ގުއޭއީ ލިވަޕޫލަށް ވިއްކާލަން އެއްބަސްވުމަށްފަހު ފަހު ވަގުތު މޮ ވިޔަފާރި ހުއްޓުވައިފި އެވެ.
އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި ކްރިސްޓަލް ޕެލަސްއިން ވަނީ 35 މިލިއަން ޕައުންޑަށް ލިވަޕޫލަށް ވިއްލާން އެއްބަސްވެފަ އެވެ. އަދި މި ވިޔަފާރީގެ ކަންކަން ލިވަޕޫލާއެކު ނިންމުމަށް ކުޅުންތެރިޔާ އަށް ވެސް ހުއްދަ ދިނެވެ. އަދި ލިވަޕޫލަށް ބަދަލުވާން އޭނާ މެޑިކަލް ވެސް ފުރިހަމަ ކުރި ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް ފަހު ވަގުތު ކްރިސްޓަލް ޕެލަސްއިން މި ވިޔަފާރި ހުއްޓުވީ އޭނާގެ ބަދަލުގައި ފަހަތަށް ކުޅޭނެ ކުޅުންތެރިއަކު އެ ކުލަބަށް ނުހޯދުމުންނެވެ. އޭރު ލިވަޕޫލުން އޮތީ އައިވަރީ ކޯސްޓަށް އުފަން އެކަމަކު މިހާރު އިނގިރޭސި ގައުމީ ޓީމުގެ ޑިފެންޑަރާއެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން ނިންމާފަ އެވެ.
ކްރިސްޓަލް ޕެލަސްއިން ގަތުމަށް މަސައްކަތް ކުރީ އިގޯ ޖޫލިއޯ ގެނައުމަށެވެ. ނަމަވެސް ފަހު ވަގުތު އޭނާ ވަނީ ވެސްޓްހޭމަށް ކުޅެން ނިންމާފަ އެވެ.
ގުއޭއީ ވަނީ އިނގިރޭސި ގައުމީ ޓީމަށް 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް 23 މެޗު ކުޅެދީފަ އެވެ. އަދި ކްރިސްޓަލް ޕެލަސް އަށް 135 މެޗު ކުޅެދީ އޭނާ ވަނީ ހަތް ގޯލު ޖަހައިފަ އެވެ.