ޚަބަރު

ބްރިޖުގެ ޓްރެފިކް ލައިޓަށް ދިމާވި މައްސަލަ ދަނީ ހައްލުކުރަމުން: ފުލުހުން


  • މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދޭ

  • އެ ސަރަހައްދުން ދަތުރު ކުރައްވާ އެންމެހާ ފަރާތްތަކުން މިކަަމަށް ސަމާލު ވުމަށް ވަނީ އެދިފަ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަޅާ ޖަންކްޝަންގައި ހަރުކޮށްފައިވާ ޓްރެފިކް ލައިޓް ނިވުމުގެ މައްސަލަ ހައްލުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، އެ ސަރަހައްދުގެ ޓްރެފިކް ފްލޯ އޮމާންކަމާއެކު ކުރިއަށްދާކަން ޔަޤީންކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަަމަށް ސަމާލުވެ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.