ހުޅުމާލެ ވޯޓަރ ޕާކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މަރުވެފައި އޮތް މީހަކު އެ ސަރަހައްދުން ފެނިފައިވާކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް އަދި މިކަމުގެ އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވާ އޮތްވާ ފެނިފައިވަނީ ފިރިހެނެކެވެ. އޭނާ ފެނިފައިވަނީ އެ ސަރަހައްދުގެ އަތިރިމަތިން ކަމަށް މައުލޫމާތު ލިބެއެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، މިކަން ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ. އަދި ތަފްސީލު ލިބޭ ވަރަކުން އާންމު ކުރައްވާނެ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.