މިހާރު ރޮމޭނިއާ ގައި ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްގައި، އަންހެނުންގެ ލޯންގކޯސް 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓު 05:04.04 އިން ނިންމައި، ޤައުމީ ރެކޯޑު އަައު ކޮށްފިއެވެ.
މި ރެކޯޑު އަައު ކުރި ޓީމުގައި ހިމެނެނީ މަލައިކާ ލިންދާ ޢިމްރާން، ސާރާ މުޙައްމަދު، މިރާލް ޢައިން ލަޠީފް އަދި އަމްނާ ތަޒްކިޔާ މިރުޞާދު އެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އަައު ކޮށްފައިވަނީ މަޑަގަސްކަރައިގައި 2023 ވަނަ އަހަރު ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، 05.15.09 އިން މި ރިލޭ އިވެންޓު ފުރިހަމަކޮށްގެންނެވެ. އެފަހަރު މިޤައުމީ ރެކޯޑް އަައު ކުރި ޓީމުގައި ހިމެނުނީ އާއިޝަތު ސައުސަން، ޒައިނަބް އަބްދުﷲ ޝަފީޤް، ޙަނާން ޙުސައިން ޙަލީމް އަދި މިރާލް އައިން ލަތީފް އެވެ.
ރޮމޭނިއާ ގައި ކުރިއަށްދިޔަ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިން ވަނީ މުޅި ޖުމްލަ 9 އިވެންޓަކުން، 10 ޤައުމީ ރެކޯޑު އަައު ކޮށްފައެވެ.