ޚަބަރު

ލޯންގކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އިޒްޔާން އައުކޮށްފި


ލޯންގކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އިޒްޔާން ނާޒިމް އަައު ކޮށްފިއެވެ.

މިހާރު ރޮމޭނިއާ ގައި ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި އިޒްޔާން މި ޤައުމީ ރެކޯޑު އައު ކޮށްފައިވަނީ 02:45.21 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އަައު ކޮށްފައިވަނީ އިފްޒާލް އިބްރާހީމް މަޙްފޫޒް އެވެ. ފިލިޕީންސްގެ ނިއު ކްލާރކް ސިޓީގައި މިދިޔަ އަހަރު ބޭއްވުނު 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި އިފްޒާލް މި އިވެންޓުގެ ޤައުމީ ރެކޯރޑް އަައު ކޮށްފައިވަނީ 02:45.81 އިން ރޭސް ނިންމައިގެންނެވެ.