ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް ކުޅުނު ފަހު މެޗަށް ފަހު ބްރެޒިލްގެ ފޯވަޑް ރޮޑްރީގޯއާ ބެހޭ ގޮތުން ކޯޗު ޒަބީ އަލޮންސޯ ދގު ހަދައިފި އެވެ.
ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ކޯޗާ ސުވާލުކުރީ އަލޮންސޯގެ އިރުޝާދުގެ ދަށުން ރޮޑްރީގޯ އަށް ރެއާލް މެޑްރިޑުގައި ކުޅުމުގެ ފުރުސަތު އެބައޮތްތޯ އެވެ؟. މި ސުވާލުގެ ޖަވާބުގައި އަލޮންސޯ ބުނީ އޭނާގެ ޕްލޭނުގައި ރޮޑްރީގޯ ހިމެނޭ ކަމަށެވެ. އަދި ކުޅުންތެރިޔާ އެހެން ކުލަބަކަށް ބަދަލުވުމާ ގުޅޭ ގޮތުން އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށެވެ. ނޫސްވެރިން އަލޮންސޯއާ މި ސުވާލު ކުރީ އޭނާގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު 13 މެޗުގައި ރޮޑްރީގޯ އަށް އެންމެ މެޗެއްގައި ނޫނީ ފުރަތަމަ 11އިން ޖާގަ ނުލިބުމުންނެވެ. އަދި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި އޭނާ އަށް ކުޅުމުގެ ފުރުސަތު އެއްވެސް ފުރުސަތެއް ދީފައިނުވާތީ އެވެ.
ނަމަވެސް އަލޮންސޯ އެހެން ބުނިތާ 24 ގަޑިއިރު ނުވަނީސް ރޮޑްރީގޯގެ އެޖެންޓް ވަނީ އިނގިރޭސިވިލާތަށް ދަތުރުކޮށްފަ އެވެ. އޭނާގެ މިހާރުގެ އެޖެންޓަކީ ޕިނީ ޒަހާވީ އެވެ. މީގެ ކުރިން ރޮޑްރީގޯގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރީ އޭނާ ބައްޕަ އެރިކް ގޯސް އެވެ.
ޒަހާވީ ލަންޑަނަށް ދިޔައީ އިނގިރޭސި ދެ ކުލަބަކާ މަޝްވަރާ ކުރާށެވެ. އެއީ އިނގިރޭސި ޗެމްޕިއަން ލިވަޕޫލާއޮ ޕްރެމިއާ ލީގުގެ ތައްޓަށް މިދިޔަ ތިން ސީޒަނުގައި އެންމެ ބޮޑަށް ވާދަކުރި އާސެނަލްއާ އެވެ. މި ދެ ކުލަބަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި އެންމެ ބޮޑަށް ވަރުގަދަކޮށްފައިވާ ދެ ޓީމު ވެސްމެ އެވެ.
ކުރިން ބެލެވިފައި އޮތީ ރޮޑްރީގޯ ހޯދުމުގެ ރޭހުގައި އުޅޭނީ އާސެނަލް އެކަނި ކަމަށެވެ. އެއީ މެންޗެސްޓާ ސިޓީން އޭނާ ގަތުމުގެ ޝައުގުވެރިކަން ދޫކޮށްލުމުންނެވެ. ނަމަވެސް ލިވަޕޫލުން އެންމެ އިސްކަންދެނީ ނިއުކާސަލްގެ ފޯވަޑް އެލެގެޒެންޑާ އިސާކަށެވެ.
ރޮޑްރީގޯގެ އެޖެންޓް އޭނާ އަށް ގަވާއިދުން ކުޅުމުގެ ފުރުސަތު ލިބޭނެ ޓީމެއް ލިބޭތޯ މަސައްކަތް ކުރި ނަމަވެސް މިކަން ކާމިޔާބުވުމުގެ ބާރު އޮތީ ރެއާލް މެޑްރިޑުން އޭނާ ވިއްކަން ކިޔާނެ އަގަކާ ގުޅިފަ އެވެ.