ޚަބަރު

އުކުޅަހު ސްކޫލު އޮފީހުގެ އައު އިމާރާތުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ޙަވާލުކޮށްފި


  • މި މަޝްރޫޢު އެ ކޯޕަރޭޝަނާ ޙަވާލުކޮށްފައިވަނީ ރައީސުލްޖުމްޙުެިއްޔާ އުކުޅަހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

އއ. އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް ޤާއިމްކުރަމުގެ މަޝްރޫޢު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ފަހި ދިރިއުޅުން ކޯޕަރޭޝަނާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.

އުކުޅަހަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އުކުޅަހު ސްކޫލުގައި އައު އޮފީސް އިމާރާތެއް ޤާއިމްކުރެވިގެންދިއުމަކީ އެރަށް ނުހަނު ބޭނުންވެފައިވާކަމައްކަމަށް ޤަބޫލުކުރައްވާކަމަށެވެ.

" އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް އެޅުމަށް މިރޭ ި ސޮއިކުރެވިގެންދިޔަ އެއްބަސްވުމަކީވެސް މި ރަށަށް ވަރަށް ބޭނުންތެރި މަޝްރޫޢެއް، މި މަޝްރޫޢު ނިމުމާއެކު، ތަޢުލީމީ ކަންކަމަށް، ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް، އަދި ވަކިން ޚާއްސަކޮށް ޓީޗަރުންނާއި، ސްކޫލުގެ އެންމެއި މުވައްޒަފުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ". ރައީސް ވިދާޅުވިއެވެ.

އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް ޤާއިމްކުރުމާއި ގުޅޭ މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަަރާތުން ސޮއިކުރެއްވީ، ވަޒީރު ޑރ.އިސްމާއީލު ޝަފީއުއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ރައްޒާންއެވެ.