ޤަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ ބޯޓެއް ހިފަހައްޓައިފިއެވެ. މިއީ ބޭރުގެ މަސްބޯޓެއްކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއްވައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ މި މަސްބޯޓު މިހާރު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. މި ބޯޓު ހިފެހެއްޓިއިރު ބޯޓުގައި 6 މީހުން ތިބިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި. 6 މީހުން ތިބި މި ބޯޓު ފެނިފައިވަނީ ކ.ދިއްފުށްޓާ ދިމާ އިރުމަތިން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުން. pic.twitter.com/1rKoWwYCms
— Maldives National Defence Force (@MNDF_Official) August 20, 2025
މި ބޯޓު ފެނިފައިވަނީ ކ. ދިއްފުއްޓާއި ދިމާ އިރުމަތިން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުންކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. ދޭތެރެދޭތެރެއިން ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުން ބޭރުގެ މަސްބޯޓުތައް ވަދެ އެމްއެންޑީއެފްގެ ބެލުމުގެ ދަށައް ގެނެއެވެ.