ޚަބަރު

ނިމުނު ހަފްތާ: ބ. އަތޮޅުގެ ތަރައްޤީއަށް އުންމީދީ ފެށުމެއް، ޤާނޫނީ މުހިންމު ނިންމުންތަކެއް


  • ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވި

  • ރައްޔިތުންނާ ބައްދަލުކުރައްވާފައިވޭ

ނިމުނު ހަފުތާގައިވެސް އެކިއެކި ދާއިރާތަކުން މުހިންމު ކަންތައްތަކެއް ހިނގައިދިޔައެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް ފެށްޓެވި ރަސްމީ ދަތުރުފުޅެވެ. މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާ ހަމައަށް ދަތުރުފުޅުކުރެއްވިއެވެ. މި ދަތުރުފުޅުގައި ރައީސް ވަޑައިގެންނެވި 13 ރަށަކީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫއެވެ.

މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ރަށްރަށުގައި ނިމިފައިވާ މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށް، މުހިންމު މަޝްރޫޢުތަކެއްގެ މަސައްކަތް ފަށްޓަވާދެއްވިއެވެ. އެ ގޮތުން އޭޓީއެމްގެ ޙިދުމަތް ފަށްޓަވައިދެއްވައި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް އިފްތިތާޙުކޮށްދެއްވިއެވެ.

ބ. އަތޮޅުގެ ދަތުރުފުޅުގެ އުސްއަލިތައް:

• ކުޑަރިކިލު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުން (11 އޮގަސްޓް 2025)
• ކެންދޫ ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކުރުން (11 އޮގަސްޓް 2025)
• ބ. ތުޅާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން (12 އޮގަސްޓް 2025)
• އާރްޓީއެލްގެ ޚިދުމަތް ބ. އަތޮޅުގައި ރަސްމީކޮށް ވަނީ ފަށުން (11 އޮގަސްޓް 2025)

މީގެ އިތުރުން ލާމަރުކަޒީ ޤާނޫނަށް އިސްލާހުތައް ގެންނަން ނިންމީ ރައްޔިތުން ބާރުވެރިކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ޚަބަރުވެސް ފާހަގަކޮށްލެވެއެވެ. ސަރުކާރުން ވަނީ ކައުންސިލްތަކުގެ މާލީ ކަންކަން މޮނިޓަރކުރުން ހަރުދަނާކުރުމަށް ޓަކައި ލާމަރުކަޒީ ޤާނޫނު އިސްލާހުކޮށްފައެވެ. ރައީސް މިހެން ވިދާޅުވީ 13 އޮގަސްޓް 2025ގައެވެ. އަދި މި އިސްލާހު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރެއްވީ 14 އޮގަސްޓް 2025ގައެވެ.

އެހެނިހެން ދާއިރާތައް:

އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކުގެ ތެރެއިން އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ހިނގި ކަންތައްތަކަށް ބަލާލާއިރު، 16 ދުވަހުގެ ޗުއްޓީއަކަށްފަހު މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށި ޚަބަރު ފާހަގަކޮށްލެވެއެވެ. އަދި 133 ރަށެއްގެ ފެނުގެ ނިޒާމު، 146 ރަށެއްގެ ނަރުދަމާގެ މަސައްކަތް ނިމިފައިވާކަން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރެއްވީވެސް ހަމަ އެ ދުވަހުއެވެ.

ޖެހިގެން އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ހިނގި ކަންތައްތަކަށް ބަލާލާއިރު، ޒަކާތާގުޅޭ ކަންކަން ކަނޑައަޅައި ތަންފީޒުކުރުމަށް ފުރަތަމަ ފަހަރަށް ޤާނޫނެއް އެކުލަވާލުމަށް ބިލެއް މަޖިލީހަށް ހުށައެޅުން ފާހަގަކޮށްލެވެއެވެ. އަދި އެންވަރަޔަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭގެ ނަން، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ، އީއާރުއޭއަށް ބަދަލުކުރީ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުއެވެ.

މީގެ އިތުރުން 2026 ވަނަ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރުނީވެސް ނިމުނު ހަފުތާގައެވެ. (12 އޮގަސްޓް 2025) މި އެކެޑެމިކް ކަލަންޑަރުގައި އަންނަ އަހަރުގެ ބޮޑު ޗުއްޓީކަމަށް ކަނޑައަޅާފައިވަނީ ކޮވިޑުގެ ކުރިންވެސް އޮންނަ ގޮތަށް ޑިސެންބަރު މަހެވެ. (13 އޮގަސްޓް 2025) އަދި ވޭތުވެދިޔަ 7 މަސް ދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 73 މިލިޔަން ރުފިޔާ ލިބުނު ޚަބަރުވެސް ނިމުނު ހަފުތާއިން ފާހަގަކޮށްލެވެއެވެ.

މި ޚަބަރުތަކާއެކު ރައީސްގެ ދަތުރުފުޅުގެ އިތުރުން ޢުމްރާނީ ތަރައްޤީއާއި ސިޔާސީ އަދި އިޖުތިމާޢީ ދާއިރާއިން މުހިންމު ކަންތައްތަކެއް ހިނގި ހަފުތާއެއްގެ ގޮތުގައި ނިމުނު ހަފުތާ ފާހަގަކޮށްލެވެއެވެ.