އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިންގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅޭ މެޗަށް ކުވެއިތުގެ އަލް އަރަބި ޓީމު މާލެ އަތުވެއްޖެއެވެ.
އަލް އަރަބިގެ ކުޅުންތެރިންނާ އޮފިޝަލުން ހުކުރު ދުވަހު މާލެ އައިސްފައިވާއިރު އޭއެފްސީ ޗެލެންޖް ލީގުގައި އެޓީމު މާޒިޔާ އާއި ދެކޮޅަށް ކުޅޭ މެޗު ތާވަލުކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހަށެވެ.
މި ދެޓީމުގެ ކުރިމަތިލުން އޮންނާނީ އަންގާރަ ދުވަހު ހަވީރު 15:00 ގަލޮޅު ދަނޑުގައެވެ.
ކުވެއިތުގެ ޗެމްޕިއަން އަލް އަރަބިން ވަނީ ރާއްޖެ އައުމުގެ ކުރިން ވަނީ އެކުވެރި ކަމުގެ 3 މެޗު ކުޅެފައެވެ. އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި އަންގާރަ ދުވަހު 7 މެޗެއް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. މާޒިޔާ އާއި އަލް އަރަބި ކުޅޭ މެޗުގެ އިތުރުން ބަނގްލަދޭޝްގެ އަބަހާނީ އާއި ކިރުގިސްތާނުގެ އެފްސީ މުރަސް ޔުނައިޑެޓް ބައްދަލުކުރާ ކޮލިފައިން މެޗު ހަމަ އެދުވަހު ބަނގްލަދޭޝްގައި އޮންނާނެއެވެ.
އަދި ބޫޓާންގެ ޕަރޯ އެފްސީ އާއި އަފްޣާނިސްތާނުގެ އަބޫ މުސްލިމް ފަރަހް އެފްސީ ބައްދަލުކުރާމެޗު އެދުވަހު ބޫޓާންގައި އޮންނާނެއެވެ. ޗައިނީޒް ޓައިޕޭގެ ޓައިނަން ސިޓީއާއި މޮންގޯލިއާގެ ހަންގަރްދީ ކުލަބު ބައްދަލުކުރާމެޗު ހަމަ އެދުވަހު ޓައިޕޭގައި އޮންނާނެވެ.
އަދި ލާއޯސްގެ އެޒްރާ އެފްސީ އާއި މިޔަންމަގެ ޔަންގޮން ޔުނައިޓެޑް ބައްދަލުކުރާ ކޮލިފައިން މެޗު އެދުވަހު މިޔަންމާގައި އޮންނާނެއެވެ. ޓައިވާންގެ ތައިޗުން ފުޓްރީ އެފްސީ އާއި މޮންގޯލިއާގެ އެސްޕީ ފެލްކަންސް ކޮލިފައިންގައި އެދުވަހު ކުޅޭނީ މޮންގޯލިއާގައެވެ. ބުރޫނައީގެ ކަސުކާ އެފްސީ އާއި ކެމްބޯޑިއާގެ ފެނޮމްޕެންހ ކްރައުން އެފްސީ ކޮލިފައިންގައި އަންގާރަ ދުވަހު ކުޅޭ މެޗު އޮންނާނީ ބުރޫނާއީގައެވެ.