މިހާރު ކޭޑުގެ ހަރަކާތް ނެތް ސުކޫލް ތަކުގައިވެސް އެހަރަކާތް ފުޅާކުރައްވާނެކަމަށް ތަޢުލީމީ ވަޒީރު އަދި ކެޑޭޓް ކޯގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިހެން ވިދާޅުވީ ކެޑޭޓްކޯގެ ޚިދުމަތުގެ 30ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހި ރާއްޖޭގެ ކެޑޭޓުކޯގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އަދި ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ތައުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުން ދިރިއުޅުމަށް ތައްޔާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވޭކަމަށެވެ. އެގޮތަށް ދަރިވަރުން ތައްޔާރުކުރުމަށް ހަމައެކި ކްލާސް ރޫމުގައި ހިނގާ ކަންކަމުން ނުފުދޭކަން ވަޒީރު ފާހަޤަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ސިޔާސަތަކީ މިހާރު ކޭޑެގް ކޯގެ ހަރަކާތް ނެތް ސުކޫލް ތަކުގައި ވެސް 10 ވަރަކަށް ކުދިން ލިބުނު ކަމުގައި ވިޔަސް ކެޑޭޑް ކޯގެ ހަރަކާތް ފުޅާކުރުން އަލަށް އެކުލަވާލި ޤަވައިދުގެ ތެރެއިން މިވަނީ ހަމަޖެހިފަ" ދިވެހި ރާއްޖޭގެ ކެޑޭޓް ކޯގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އަދި ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.
ދަރިވަރުންގެ ހުނަރާއި ގާބިލުކަން އިތުރުކޮށް، ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ލޯބި އިތުރުކުރުމަށް މަސައްކަތްކޮށްދޭޏްޖެހޭ ކަމަށާއި، އެ މަސައްކަތުގައި ޤައުމީ ކެޑޭޓުކޯއަށް އިސްދައުރެއް އަދާކުރެއްވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ކެޑޭޓު ހަރަކާތުގެ ތެރެއިން ޤައުމީ ދިފާއީ ބާރުގެ އެހީތެރިކަމާއެކު ޤައުމު ދެކެ ލޯބިވާ، ތެދުވެރި، އަމާނާތްތެރި، ކަންކަމަށް ފަސް ނުޖެހޭ ހިތްވަރުގަދަ ދަރިންތަކެއް އުފެއްދަން މުހިއްމު މަސައްކަތްތަކެއް ކުރޭކަމުގައި ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ކެޑޭޓް ކޯގެ ހުރިހާ ދަރިވަރުންނަށާއި މެންބަރުނާމެދު ފަޚުރުވެރިވާ ކަމަށާއި ތެދުވެރި ވުމަށާއި ތެދުބުނުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.
ޤައުމީ ކެޑޭޓުކޯގެ 30 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގެ ހަރަކާތްތަކުގެ ތެރެއިން އަހަރީ ލޯގޯ އިފްތިތާހުކޮށް، ފުރަތަފަ ފަހަރަށް އަސާސީ ޤަވައިދު ވަނީ އިފްތިތާޙުކޮށްފައެވެ.
ޤައުމީ ކެޑޭޓުކޯއަކީ ރާއްޖޭގެ ސްކޫލްތަކުގެ ކެޑޭޓުން ހިމެނޭ ހަރަކާތެވެ. މިއީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަންކްޝަނަލް އަދި ލޮޖިސްޓިކް އެހީއާއެކު އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ހަރަކާތެކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ނަމުގައި ރާއްޖޭގައި ކެޑޭޓް ޙަރަކާތްތައް ރަސްމީގޮތުން ފަށްޓަވާފައިވަނީ 1995ވަނަ އަހަރުގެ ޖުލައި 25ގައެވެ. އެގޮތުން ކޮންމެ އަހަރެއްގައި ވެސް ރާއްޖޭގެ އެކި ސްކޫލްތަކުން ވަރަށް ގިނަ ކުދިން އަންނަނީ ކެޑޭޓުކޯއަ ގުޅެމުންނެވެ.
އެމްއެންސީސީއިން ދަނީ ކޮންމެ އަހަރަކުވެސް އެކި އެކި ހަރަކާތް ތަކާއި ކޭމްޕްތައް ވެސް ކުރިއަށް ގެންދަމުންނެވެ. އެގޮތުން 1991 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއިން އަންނަނީ ކޮންމެ އަހަރަކު ޤައުމީ ކެޑޭޓް ކޭމްޕް ބާއްވަމުންނެވެ.