ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ނ. ކުޑަފަރީއަށް ވަޑައިގެންފި


  • ރައީސް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅަކީ މިމަހުގެ 21 އިން 24 ކުރައްވާ ދަތުރުފުޅެއް

  • ދަތުރުފުޅުގައި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޑަފަރީއަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވުމަށް ގިނަ ބަޔަކުވަނީ ބަނދަރު ސަރަހައްދަށް އެއްވަފައެވެ. ކުޑަފަރީއަކީ ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 7 ވަނަ ރަށެވެ. އަދި މިއަދު ވަޑައިގަންނަވާ ތިންވަނަ ރަށެވެ.

މިދަތުރުފުޅުގައި ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކުޑަފަރީ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅުގެ ތެރެއިން ކުޑަފަރީގައި ކުނި މެނޭޖް ކުރާ އާ މަރުކަޒުގެ ބިންގާ އެޅުމަށްވަނީ ހަމަޖެހިފައެވެ.

މިމަހުގެ 21 އިން 24 އަށް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ.